ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަމީލަށް ސައީދުގެ ރައްދު: ޕާޓީ ހިންގުމުގެ ނަމުގައި ތިޔަ ކުރަނީ ގައުމަށް ފުރައްސާރަ!

Large 170819522430tbxu
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު — ފޮޓޯ: ރައީސް އޮފީސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ގައުމަށް ފުރައްސާރަކުރާ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު، ޖަމީލަށް ފާޑުވިދާޅުވެފައިވަނީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާއެއްގައި ޖަމީލު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖަމީލު ވިދާޅުވެފައިވަނީ ހަދީސްގައިވާ ގޮތުން ފަތިސް ނަމާދުކުރިޔަސް މަކަރު ހަދާ މީހުންނަށް ސުވަރުގެ ހަރާންވާނެ ކަމަށެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގެ ކުރިން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ޖަމީލު ވަނީ ރުންކުރެވެ، އެތަނުގައި ތިބި ރައްޔިތުންނާ ދިމާލަށް ނާގާބިލާއި ޖާހިލަށް ގޮވައި ސްޓޭޖު ދޫކުރައްވައި ވަޑައިގެންފައި ކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް ޖަމީލްގެ ފަރާތުން ފެނިވަޑައިގަންނަވަނީ އެފަދަ މަންޒަރުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސައީދު ވިދާޅުވީ ޖަމީލު ފަދަ މީހުންނާއި އަޅައިބަލާއިރު ރައީސް މުއިއްޒަކީ ހަރުދަނާ، މަޑުމައިތިރި ރީތި އަހުލާގެއްގެ މީހެއް ކަމަށާއި ރައީސް މުއިއްޒަކީ ދެން ހުންނަ މީހާގެ ކަރާމަތް ހިފަހައްޓަވައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

ރައީސް ވައުދުތައް ފުއްދަވަމުން ގެންދަވާތީ، އެ މަނިކުފާނަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ތަން ފެނުމުން، އެގޮތަށް ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

“ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން،” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބަސްމަގު ހުތުރުވެ ފާފަފުއްސެވުމާއި ސުވަރުގެއާއި ނަރަކައަށް ވެއްދުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް އެފަދަ މީހުން ގޮތް ނިންމާ ތައުބާވާން މަޖޫބުރުވާ ހިސާބަށް ކަންކަން ދަމުންދާ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ahmed
finifenmaa

ގުޅުންހުރި

DSC

ޒުވާނުން ސިޔާސީ މަސައްކަތާ ދުރަށް ދާތީ ރައީސްގެ ކަންބޮޑުވުން

DSC

ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

988

މިނިސްޓަރު ފެންވަރުގައި ޠަލާލް އާއި ހަބީބު ރައީސް އޮފީހުގެ މަގާމްތަކަށް އައްޔަންކުރައްވައިފި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި