ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ތިލަމާލެ ބުރިޖް މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އެނގެއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫޢުގެ 52.44 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ހަތަރު ސަރަޙައްދެއް ގުޅުވައިދޭ މި ބްރި މި ބްރިޖްގެ ޖުމްލަ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ. މި މަޝްރޫޢަށް ޖީ.އެސް.ޓީ ނުހިމަނައި 251,563,940.20 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

އިޝްތިހާރު އިޝްތިހާރު

މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން:
- މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.
- ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ތިން ބްރިޖާއި، ކޯޒްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ އިތުރުން، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަޙައްދުތައް ވެސް ހިމެނެއެވެ.

ތިލަމާލެ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާ ގުޅިލާމެހިފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އުންމީދު ކުރެވެއެވެ.