ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރެއިން ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެމް.ޓީ.ސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.
އަލަށް އަޅާ އިސްލާމީ މަރުކަޒުތަކުގައިވެސް ނަމާދު ކުރާ ޖާގައިގެ އިތުރުން ކުލާސްރޫމާއި ޖަލްސާކުރާ ހޯލެއްވެސް ހިމެނޭނެއެވެ.
އިސްލާމީ މަރުކަޒުތަކުގައި ދީނީ ޢިލްމު ފެތުރުމާއި، އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.