ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

STO_Ads
TTH_Ads
Advertisement

ބ.އޭދަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދުއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޯގަސްޓްމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

MMA_Ads
HajjCop_ads
Advertisement

މިއީ އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 6000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނޭގޮތުނ،ް ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 3200 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނ،ޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3000އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއ،ި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުއްޓަކީ އަތޮޅު ގެ ވެރިކަން ކުރާ ރަށެވެ. މިރަށަކީ ތަޢުލީމީ ޒުވާނުން ގިނަ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައާއި ކައިރި ރިސޯޓްތަކުގައެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަސްއެއް މި ރަށުގައި ޤާއިމުކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން މި ރަށަށް އަދި ބ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކެމެކެވެ.

ސަރުކާރުން އަންނަނީ އަތޮޅުތެރެއަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ

މާލެ ޓެކްސީ ގެ އެންޑްރޮއިޑް އެޕްވެސް ތައާރަފުކޮށްފި

މާލެ ޓެކްސީ މޯބައިލް އެޕްލިކޭޝަން އެމްޓީސީސީން ތަޢާރަފުކޮށްފި