ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް އިންޒާރުދިން ކަމަށްބުނާ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރުމަށް ނިންމައިފި

Bda7596c 1007 4b06 a735 f04661ca4308
ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް — ފޮޓޯ: ރައީސް އޮފީސް
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޒާރުދިން ކަމަށްބުނާ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރުމަށް ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 7:04 ހާއިރު ރައީސް، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށްބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތުހުގީގުކުރުމަށްފަހު އިއްޔެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކި ގަރީނާ އެ އޮފީހުން ދިރާސާކޮށް ބެލި އިރު، ރައީސް، ފިޔާޒަށް ގުޅުއްވައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސް ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

HajjCop_ads
Advertisement

ޕީޖީ އޮފީހުން ބުނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ ބާބުގައި އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފި ކަމަށްވާނަމަ ކަމަށާއި އަދި މީހަކަށް އަނިޔާއެއް ލިބިދާ ފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމަ ކަމަށެވެ.

އޭގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފިޔާޒްގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ، ރައީސް އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި “ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް” ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާ ކަމަށް ބަޔާންކޮށް ކަމަށްވާ އިރު، އެއީ ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށްނުވާތީ އެއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމާ ކަމަށް ޕީޖީން ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޒުވާނުން ސިޔާސީ މަސައްކަތާ ދުރަށް ދާތީ ރައީސްގެ ކަންބޮޑުވުން

DSC

ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

988

މިނިސްޓަރު ފެންވަރުގައި ޠަލާލް އާއި ހަބީބު ރައީސް އޮފީހުގެ މަގާމްތަކަށް އައްޔަންކުރައްވައިފި

472257 9898eaed d

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި