ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ތޮއްޑޫގައި ބަރަހަނާ ހާލުގައި އުޅުނު ފަތުރުވެރިޔަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ހައްޔަރުކޮށްފި

Qopgqd2u8msrt8fegt15djuvhqsf7gh6wihvdkag
އއ. ތޮއްޑޫ —

އއ. ތޮއްޑޫގައި ބަރަހަނާ ހާލުގައި އުޅުނު ފަތުރުވެރިޔަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ރަޝިއާގެ ފިރިހެން ފަތުރުވެރިޔަކު އެ ރަށު ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް މިއަދު މެންދުރުފަހު 3:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ބ ބޭރި
ތޮއްޑޫގައި ފަތުރުވެރިން މޫދު އެރި އުޅުމަށް ވަކި ތަނެއް ވަކި ގޮތެއް ނޯވޭ. ގެސްޓުންނަށް ހާއްސަ ބީޗެއް ކަނޑައެޅިފައި އޮތަސް ރަށުގެ ހުރިހާ ހިސާބެއްގައި ގެސްޓުން ބަރަހަނާ ހާލުގައި މޫދަށް އެރި އުޅޭތަން ތޮއްޑޫއަށް އަޅުގަނޑު ގޮސް އުޅުނު އިރުވެސް ފެނޭ. ޢާއްމު ރައްޔިތުން މޫދަށް އެރި އުޅޭ ސަރަހައްދެއް އަދި ގެސްޓް ބީޗެއް ވަކި ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ބޯޑް ޖަހާފައިވާ ތަނެއް ފެންނާކަށް ނުހުރޭ. އެހެންވީމާ ގަބޫލު ކުރެވެނީ އެރަށު ކައުންސިލުން އެ ފުރުސަތު ގެސްޓުންނަށް ދީފައި އޮންނަކަމަށް. މިކަމުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ ފޭރާން ވީދި މައްސަލަތައް ފެންމަތިވަނީ ގިނަފަހަރު ކައުންސިލް ތަކުގެ ދޯހަޅި ކަމުން ކަމުގައި ބެލެވޭ. މޒނ

ގުޅުންހުރި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

TTH_advertisement