ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަނޑިޔާރުންގެ ސިޔާސީ އެކްޓިވިޒަމްއަކީ ޤާނޫނީ ނިޒާމާ ފުށުއަރާކަމެއް: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދެކޭގޮތުގައި، ފަނޑިޔާރުކަމުގެ މަޤާމުގައި ތިއްބަވާއިރު އަދި އެ މަޤާމުން ވަކިވެވަޑައިގަންނަވާއިރުވެސް ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލުތައް އިސްކުރެއްވުމަކީ ޤާނޫނީ ނިޒާމާ އެއްގޮތްވާ ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ތިން ބާރު ވަކިވެފައިވާ، އެއްބާރު އަނެއް ބާރަށް ޖަވާބުދާރީވާ، އަދި މިނިވަން މުސްތަޤިއްލު މުއައްސަސާތަކެއްގެ ފާރަވެރިކަމުގެ މަތީގައި ހިނގަމުންދާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމުން އެއްކިބާވެ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އިސް ޒިންމާ އުފުލާ ފަރާތެވެ.

ޕީއެންސީން ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުން ސިޔާސީ އެކްޓިވިޒަމްގައި ބައިވެރިވުމަކީ މުޅި ޝަރުޢީ ނިޒާމުގެ އިތުބާރަށް އުނިކަން އަންނާނެ ކަމެކެވެ. އަދި މިފަދަ ޢަމަލުތަކަކީ ޝަރުޢީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް މަގުފަހިވެދާނެ ކަމެކެވެ.

ޕާޓީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޖިނާއީ ތަޙްޤީޤެއް ފެށުމުން ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޖުރާއާތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މިއީ ވަކި ކޯޓަކަށް ނުވަތަ ވަކި ފަނޑިޔާރަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ.

ނިންމާލަމުން، ޕީއެންސީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް