ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރުވާދޭ މަރުކަޒުން ފިލައިގެން ދިޔަ ދެ މީހުން ހައްޔަރުކޮއްފި

TTH_Ads
STO_Ads
Advertisement

މަސްތުވާތަކެތީގެ ފަރުވާ ހޯދަމުންދިޔަ ދެ ފަރާތެއް ހުޅުމާލޭގައި ހުންނަ ފަރުވާދޭ މަރުކަޒުން ފިލައިގެން ގޮސް، މަސްތުވާތަކެތި ބޭނުންކުރަމުންދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނީ ސ. ހިތަދޫ/ ކުރިބޯށިގެ، މުހައްމަދު ޒަރީރު (37 އަހަރު) އާއި ގ. ސެންޓުގެ އާގެ/ މުހައްމަދު އަލިމަނިކު (40 އަހަރު) އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ރޭ ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ފަރާތުގެ ހައްޔަރާއި ބަންދުގެ ޤާނޫނީ ހަމަތައް ފުރިހަމަވެފައިވެއެވެ. އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، މި ދެ ފަރާތް 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

HajjCop_ads
MMA_Ads
Advertisement

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ހޯދުމަށް ޙުކުމްކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް، ފަރުވާއަށް އެއްބާރުލުން ނުދިނުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފާއިތުވި ނޮވެމްބަރު މަހު ހާމަކުރި ގޮތުގައި، ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފިޔާޒާއި ހަސަނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

1.5 ކިލޯގެ ޑްރަގް އެތެރެކުރި ރޫނާ އާއި އަލްޔާގެ ބަންދު އިތުރުކޮށްފި

ދިރާގު ފިހާރައަށް ބޮމުގެ އިންޒާރު ދިން ނަދީފު ޖަލަށް

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި