ރަމަޟާންމަހު، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް ހާމަކޮށްފިއެވެ.

1. "އާންމު މަހެއް" ކަމުގައި ބެލެވޭނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާރިޗު އަދި އޭޕްރީލް މަސް ފިޔަވައި އެހެން 9 މަހުގެ އެވްރެޖް މިންވަރެވެ.

2. އޭޕްރީލް މަހުގެ ބިލް "އާންމު މަހަށްވުރެ" ބޮޑުވާނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އުނިކުރެވޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

3. ޑިސްކައުންޓްގެ މިންވަރު ބިލުގެ 10% އަށްވުރެ ކުޑަނަމަ، 10% އާ ހަމައަށް ޑިސްކައުންޓް މަތިކުރެވޭނެއެވެ.

4. 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ބިލް "އާންމު މަހަށްވުރެ" ކުޑަނަމަ، 10% ގެ ޑިސްކައުންޓެއް ދެވޭނެއެވެ.

5. އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރަޖިސްޓަރީ ކުރެވިފައިވީ ނަމަވެސް މިހާތަނަށް ބިލް ނުކުރެވި ހުރި ކަސްޓަމަރުންގެ ފުރަތަމަ ބިލަށްވެސް 10% ގެ ޑިސްކައުންޓެއް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރެއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ކުންފުނިން އަންގަވާފައިވެއެވެ.