ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޮމިޓީން ފާސްކޮށްފި

33
TTH_Ads
STO_Ads
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

“ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީ.އެން.ސީގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާއެކު މި ބިލް ބަލައިގަނެވުނެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މިހާރުގެ ހަތް ފަނޑިޔާރުންގެ ބަދަލުގައި އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނަށް މަދުކުރުމެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު އޮނަހިރި އަދަދަކަށް ހެދުމަށްވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެ ބިލަށް އިސްލާހުތަކެއް ހުށަހެޅިޔަސް އެ އިސްލާހުތައް ފާހެއް ނުވެއެވެ.

އެ ބިލް ކޮމިޓީން ފާސްކުރަން ނެގި ވޯޓުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވޯޓު ދެއްވީ ވަކިކޮޅަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށެވެ.

ބިލުގައި ހިމެނޭ އެހެނިހެން މުހިންމު ނުކުތާތަކުގެ ތެރޭގައި:– ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ އިޖުރާއާތުތައް

– ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ކަނޑައެޅިފައިވާ މުއްދަތުތައް

– ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްފަހު ބާކީ ތިބޭ ފަނޑިޔާރުންގެ މަޤާމުތައް ދެމެހެއްޓުން

މި ބިލަކީ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ޝަރުޢީ ދާއިރާގެ އިޞްލާޙަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބިލު ހުށަހެޅުއްވި ފަރާތުން ފާހަގަކުރައްވާފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462046 6ccdcaab a

މާލީ ވަޒީރު ޒަރީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

43

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒު އަވަހާރަވެއްޖެ

H6txovzbmjojwefnjhdb

މާލޭގައި ކުރާ އިހުތިޖާޖުތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި 

Ii

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަނީ