ކުއްލި ޚަބަރު

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް ބޮޑުކޮށްފި

ބައިކިލޯ ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދި ޢަބްދުލް ޢަޒީޒު ހުރީ ތިލަފުށީގައި، ހާލު ރަނގަޅު

ރޭ ޕީއެންސީން ބޭއްވި ރައްޔިތުންގެ މާހެފުމުގައި ގިނަބަޔަ ބައިވެރިވި

Pnc Maahefun 18
ޕީއެންސީ މާހެފުން

ރޭ ޕްރޮގްރެސިވް ކޮންގްރެސް އޮފް މޯލްޑިވްސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ރައްޔިތުންގެ މާހެފުމުގައި ގިނަ ބައެއްގެ ބައިވެރިވުން ފާހަގަކުރެވުނެވެ.

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ވެރިކަންކުރާ ޕާޓީ ޕީއެންސީން ރައްޔިތުންނަށް ތަރުތީބުކޮށްފައިވާ ބޮޑު މާހެފުމެއް އިއްޔެ ރޭ ބޭއްވުނެވެ. މި މާހެފުމަކީ ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިންތިޒާމުކޮށްގެން، އާޓިފިޝަލް ބީޗުގައި ބޭއްވުނު ހަފްލާއެކެވެ.

މި މާހެފުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން މި މާހެފުމުގައި ބައިވެރިވިއެވެ.

މި ހަފްލާގައި  ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެފައިވަނީ ރަމަޟާން މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ގިނަ ސަވާބާއި ދަރުމަ ލިބޭ މަހެއްކަން ފާހަގަކުރައްވައި، ކޮންމެ ދުވަހަކުވެސް ހިފާ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިންމުކަމުގައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެފައިވަނީ ރަމަޟާން މަސް ދިވެހިންނާ ބައްދަލުކުރާއިރު، ނޫސްތަކާއި ޓީވީތަކާއި ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ދޮގު ޚަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ހުރިހާ އެންމެންވެސް ޤައުމުގައި އޮތް ހަމަޖެހުމަށް އިސްކަންދިނުމަށާއި ހަމަނުޖެހުން ނަގާލަން މަސައްކަތް ނުކުރުމަށް ފަލާހް އެދިވަޑައިގެންނެވިއެވެ.

ޕީއެންސީގެ މާހެފުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ރަސްމީ ޝެޑިއުލްއަށް އައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ramazan hadiyaa

ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ބަހަން މިއަދު ފަށާނެ: އައިޑީކާޑަކަށް ގިނަވެގެން ދެ ކޭސް

school darivarun

ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ކިޔެވުމަށްފަހު ސްކޫލްތަށް އަނެއްކާވެސް ބަންދުވާނެ

ރޯދައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

pnc office

ޝަފީއާގެ ރައްދު ސިޓީ ކައުންސިލަށް: ޕީއެންސީގެ އޮފީސް ހަދަން ހުއްދަ އޮންނާނީ ނަގާފައި

TTH_advertisement