ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީއަށް ބޮޑު ކާމިޔާބެއް، 8 ރަށުގެ ބައި އިލެކްޝަން ކާމިޔާބުކޮށްފި

Wsqqqqq
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން

މިއަދު ބޭއްވި ބައެއް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުން ވެރިކަންކުރާ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ދިޔައީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ.

އެގޮތުން ނ. ލަންދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާއެވެ. ނަމަވެސް ހދ. މަކުނުދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓެވެ.

މިއަދު ބޭއްވި އަށް ބައި އިލެކްޝަން ޕީއެންސީން ކާމިޔާބުކުރިއިރު، ދެ ބައި އިލެކްޝަނެއް އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

މިއަދުގެ އިންތިޚާބުގައި އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައެވެ. އެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ނެރޭނެކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ގާނޫނަށް އިސްލާހު ގެނައުމަށްފަހު، އެ އިސްލާހުގެ ދަށުން، މިއަދު ބޭއްވި ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް