ކުއްލި ޚަބަރު

ތިނަދޫގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފި

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާއަށް އެއްބާރުލުން ދިނުން ސަސްޕެންޑްކުރަން އީރާނު ޕާލަމެންޓުން ފާސްކޮށްފި

އެފްއޭއެމްގެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްފި

Amin Avenue Bas Ip 2.jpg

އެފްއޭއެމް އަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކުށުގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. ޚުލާސާ އަކީ:-

1. އެފްއޭއެމްއަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި ކުށުގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި.

2. ދައުވާ ކުރެވެނީ އަމިން ކޮންސްޓްރަކްޝަން، މުހައްމަދު އަގީލް އަދި ހަސަން ވަހީދުގެ މައްޗަށް.

3. ތުހުމަތު ކުރެވެނީ ފީފާއިން ދިން ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގ ހިންގިކަމަށް.

4. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށްވެސް ހިޔާނާތާއި މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައިވޭ.

5. މި މައްސަލައާ ގުޅިގެން ބައްސާމްގެ ދެ ޕެންޓްހައުސް ހުސްކުރުމަށް ފުލުހުން އަންގާފައިވޭ.

ކުރީގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލްގެ ދެ ޕެންޓްހައުސް ހުސްކުރުމަށް ފުލުހުން އަންގައިފިއެވެ. މި އެންގުން އައިސްފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެފްއޭއެމްގެ އިސްވެރިންނާއި، އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަކާއި، ކުންފުނިތަކެއްގެ އެކައުންޓްތަކަށް ފީފާއިން އިން ދިން ފައިސާ ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރަން ކޯޓަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ފުލުހުން ބައްސާމަށް އަންގާފައިވަނީ ހަ ދުވަހުގެ ތެރޭގައި އެ ދެ ޕެންޓްހައުސް ހުސްކުރުމަށެވެ. ނަމަވެސް، ބައްސާމް އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން، ފުރަތަމަ ފުލުހުން އެކަމަށް އެއްބަސްވި ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކޮށް އެތަން ހުސްކުރުމަށް އަލުން އަންގާފައިވެއެވެ.

ފުލުހުންގެ ތުހުމަތުގައިވާ ގޮތުން، ބައްސާމް މި ދެ ޕެންޓްހައުސް ގަނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާއިންނެވެ.

ކަންއެހެން އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ހަތަރު ދަޢުވާއެއް އުފުލާފައިވެއެވެ. މި މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފެށިފައިވީ ނަމަވެސް، ބައްސާމްގެ ވަކީލުން ދެ ފަހަރަށް މައްސަލަ ދޫކޮށްލާފައިވާތީ، ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ.

އެހެންކަމުން މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވިއެވެ. އަދި ބައްސާމް އަދީލް ނުވަތަ އޭނާގެ ވަކީލުން މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގެ ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވާން އިލްތިމާސްކޮށްފި

Whatsapp image 2025 06 25 at 09.47.56

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

3

މިނިވަން 60ގެ ލޯގޯ އާންމުކޮށްފި

Whatsapp image 2025 06 25 at 10.24.55

މާލޭގައި ދިރިއުޅެމުން ތިނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނެގިކަން ހާމަވެއްޖެ

TTH_advertisement ELL Mobile Advertisement