މުޅިރާއްޖެޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ހަސީބު އައްޔަންކުރައްވައިފި

381658 339b9def 3
އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަބްދުލްޙަސީބު އިސްމާޢީލް، ކުރެއްވިއެވެ. ޢަބްދުލްޙަސީބު އިސްމާޢީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.

ޢަބްދުލްޙަސީބު އިސްމާޢީލް މިހާތަނަށް ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ މުވައްޒަފެއްގެ ގޮތުގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

 

އިޝްތިހާރު އިޝްތިހާރު
އިޝްތިހާރު އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ

ކޮމެންޓްތައް

މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.

އިތުރު