ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަފީއާގެ ރައްދު ސިޓީ ކައުންސިލަށް: ޕީއެންސީގެ އޮފީސް ހަދަން ހުއްދަ އޮންނާނީ ނަގާފައި

pnc office

ހ، ވެޔޮވިލާގޭގައި ވެރިކަންކުރާ ޕީއެންސީގެ އާ އޮފީސް އިމާރާތްކުރީ ހުއްދަތައް ނުނަގާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏަސް އެ އޮފީސް އިމާރާތްކުރީ ކައުންސިލުން ނަގަން ޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހު ކަމަށް، އިމާރާތުގެ ވެރިފަރާތް ކަމަށްވާ ޝަފީޢާ ޒުބައިރު ބުނެފިއެވެ.

ހ. ވެޔޮވިލާގޭގައި ޕީއެންސީ އޮފީސް އިމާރާތްކުރީ، ހުއްދަތައް ނުނަގާ ކަމަށް ބުނެ، ޑިސެމްބަރު 25ގައި އެ ގޭގެ ވެރިފަރާތް 128،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޝަފީއާ މިއަދު ބުނީ ކައުންސިލުން ދީފައިވާ ހުއްދަ އޭނާގެ އަތުގައި އެބައޮތް ކަމަށެވެ. އަދި ފަހުން އިތުރު ހުއްދައަކަށް އެދުނީ ކުރެހުމަށް ބަދަލު ގެންނަން ކަމަށް އޭނާ ބުންޏެވެ.

“ހުއްދައަށް އެދުނީމަ ބުނީ ޓައިމްލައިނާ ދިމާނުވާ ކަމަށް،” ޝަފީއާ ބުންޏެވެ.

ޕީއެންސީން އެ އިމާރާތް ހަރުގޭގެ ގޮތުގައި ބޭނުންކުރަން ފެށީ 2024 ވަނަ އަހަރު އެވެ.

ފަސް ފަންގިފިލާއަށް އެތަން ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އެތަން ހުޅުއްވައިދެއްވާފަ އެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީ އަކީ ވެރިކަންކުރާ ޕީއެންސީއެވެ. އެ ޕާޓީގައި 74000އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް