ކުއްލި ޚަބަރު

އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށްފި

ބީއެމްއެލް ކާޑު މެޝިންތަކުން ވިޔަފާރިވެރިންގެ އަތުން ނަގާފީ %1 އަށް ކުޑަކޮށްފި

އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ރައީސް އާ ބައްދަލުކުރައްވައިފި

އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ބޮޑުވެ، އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާ ޔޫއެންޑަބްލިއުޓީއޯ (UNWTO) ގެ 26 ވަނަ ސެޝަންގެ ވައިސް ޕްރެޒިޑެންޓް ކަމަށް ރާއްޖެ އިންތިޚާބުވެއްޖެއެވެ. މިއީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ މި އަހަރުގެ އާއްމު ބައްދަލުވުން ކުރިއަށްދަނީ ނޮވެމްބަރު މަހުގެ 7 އިން 11 އަށެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ބައްދަލުވުން މިފަހަރު ކުރިއަށް ދަނީ “އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ” މި ޝިއާރުގެ ދަށުންނެވެ.

ވައިސް ޕްރެޒިޑެންޓްގެ ހައިސިއްޔަތުން، ނޮވެމްބަރު 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ. މި ރިޔާސަތު ބެލެހެއްޓެވުމަކީ ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖޭގެ ނުފޫޒު އޮތް މިންވަރު ދައްކުވައިދޭ ކަމެކެވެ.

މި އަހަރުގެ ސެޝަންގައި ރާއްޖެއިން ވަނީ އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ “ވާރކިން ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް” ގައި ބައިވެރިވެފައެވެ. މި ގްރޫޕްގެ މައިގަނޑު މަޤުޞަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން، އިންޓަރ-އިންސްޓިޓިއުޝަނަލް ވާރކިންގ ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް އެކްޝަންގެ ވައިސް ޗެއަރއަށްވެސް ރާއްޖެ ވަނީ މި އަހަރުގެ އާއްމު ބައްދަލުވުމުގައި އައްޔަނުކޮށްފައެވެ. މިއީ ދެކޮޅަށް ފައިދާހުރި ގުޅުންތަކެއް ބިނާކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއަށް ލިބޭ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރެވޭނެ ފުރުޞަތެކެވެ.

މި ބައްދަލުވުމުގައި އދ.ގެ މެންބަރު ޤައުމުތަކާއި، އެފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ޠާރިޤު އިބްރާހީމް އެކި ޤައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި، ބައިނަލްއަގްވާމީ އެކި ޖަމްޢިއްޔާގެ މަންދޫބުންނާއި ބައްދަލުކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

ދިވެހި ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

Main 20251107 185345

މޮސްޓް ޑިޒައަރަބަލް އައިލެންޓް ކެޓަގަރީން ދިވެހިރާއްޖެއަށް ބްރޮންޒް އެވޯޑް ލިބިއްޖެ

TTH_advertisement