ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރަން ހަވާލުކޮށްފި

ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި އެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް މިއަދު ސޮއި ކުރެއްވީ ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބަދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުންް ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި މި މަސައްކަތް ހަވާލުކުރި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދު އެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ

އަލްއަބްރާރް ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

maldivian hajj

އުމްރާއަށް ނުފުރި ތިބި މީހުން ފުރުވާލުމުގެ އިންތިޒާމު ސަރުކާރުން ފަށައިފި