ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ. މިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

އެއްދުވަހަށް އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިންއޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. އިންފަންޓީނޯގެ މި ދަތުރާއި ދިމާކޮށް ޚާއްސަ އިވެންޓުތަކެއްވެސް ވަނީ ރޭވިފައެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކުލަބަތާކާ އަދި މިނޫނަސް ފުޓްބޯޅައާއި ގުޅުންހުރި ފަރާތްތަކާ މިދަތުރުގައި އިންފަންޓީނޯ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ކުޑަކުދިންނާ އެކު ކުޅިވަރު ހަރަކާތްތަކެއްގައާއި އިތުރު ހަރަކާތްތަކެއްގައި ވެސް ބައިވެރިވުމަށް ހަމަޖެހިފަވެއެވެ. ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެޕް ބެލްޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

TTH_advertisement