ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ކަނޑުތައް ހިމާޔަތްކުރުމަށް އދ. ގެ ތިންވަނަ ކޮންފަރެންސް ރާއްޖެއިންބައިވެރިވެވަޑައިގަންނަވައިފި

Cccw

އދ. ގެ ތިންވަނަ ކަނޑުތަކާބެހޭ ކޮންފަރެންސް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ކޮންފަރެންސަކީ ދުނިޔޭގެ މުސްތަޤްބަލަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ބޭއްވޭ ކޮންފަރެންސެއްކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ކަނޑުތަކާއި އޭގެ ވަސީލަތްތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ ރާއްޖެ ފަދަކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤްބަލަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކަނޑުތަކަށް ނުރައްކާވާ ކަންކަން ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

“މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ މަންދޫބުންނާއެކު މަސައްކަތްކޮށް، އަޅުގަނޑުމެންގެ ކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރެވޭނެކަމަށް އުންމީދުކުރަން،” މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވާނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ، މިނިސްޓަރ އޮފް ފިޝަރިޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމް އަދި ދެ މިނިސްޓްރީގެ އިސްބޭފުޅުންގެ ވަފުދެކެވެ. ކޮންފަރެންސްގައި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.

ރާއްޖެއަކީ 99 އިންސައްތަ ކަނޑުން އެކުލެވިފައިވާ ޤައުމަކަށްވުމާއެކު، މި ކޮންފަރެންސްގެ ނަތީޖާ ރާއްޖެއަށް ވަރަށް މުހިންމުވާނެ ކަމަށް ތިމާވެށީގެ ވަޒީރު ވިދާޅުވިއެވެ. އަދި ކޮންފަރެންސްގައި ރާއްޖޭގެ އަޑު އުފުލާނެ ކަމަށާއި، ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެ: ޝިޔާމް

121

36 މަސްވެރިޔަކަށް ސަރުކާރުން މާލީ އެހީ ދީފި

98b

ރާއްޖެއިން ބައިވެރިވި އދ. ގެ ތިންވަނަ އޯޝަން ކޮންފަރެންސް ނިންމާލައިފި

ސހުަޖ

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެއްޖެ: ޝިޔާމް

TTH_advertisement