ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

36 މަސްވެރިޔަކަށް ސަރުކާރުން މާލީ އެހީ ދީފި

121
TTH_Ads
STO_Ads
Maldivian_Ads
Advertisement

މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުން ކުރާ ސަމާނު ގަތުމަށާއި މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީ ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ކުރި އެފަދަ މުހިންމު ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމަށް ނުކުންނަ މީހުން ގިނަވަމުން އަންނަ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެރިކަލްޗާ ތަރައްގީކުރަން ގާނޫނުތަކަށް އިސްލާހު ގެންނަނީ

މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި މަޝްރޫޢުތައް އަވަސްކުރަން މަޝްވަރާކުރައްވައިފި

shiyam minister

ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރާނެ: ޝިޔާމް

H6txovzbmjojwefnjhdb

ސޯބެ ވަނީ އައްޑުއަށް އިހުމާލުވެފައި، ނޫނެކޭ ބުނަންޖެހޭ: ޝިޔާމް