ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދިޔަ ލަންކާގެ ބޯޓަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ސްރީލަންކާގެ މަސްބޯޓު “ސަންޑާލީ ވެލެންޓިނާ” އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލްންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދިނުމާއި އެކު، އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓަރކުރަމުން ކަމަށެވެ.

އެ ބޯޓުގައި 6 ފަޅުވެރިން ތިބިއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް “ދޮށިމޭނާ” ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދަންޑަހިލު
ވަގަށްސިޔާސީ ސަރަޙަށްދަށްވަދެ އުޅަނދުފުރެންދެން ކަޑުރޯދި ކަހާލާނިމުނީމަ މިރާއްޖޭގެ ސަލާމަތީބާރުތަކަށް ފެންނާނި، އެހިސާބުން ވަގުއުޅަނދުގެއިންޖީނުނިވާލައިފަ ހުދުދިދަނެގީީމަ އެހިސާބުން އިންޓަރނޭޝަނަލް އެހީފޯާރުކޮއްދޭންޖެހިފަ،އެއޮތީދުނިޔެފެށުނީއްސުރެ މިވައްކަންކުރަނި މިހެން،

ގުޅުންހުރި

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

Ii

ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ވަޑައިގެންފި

މާލޭގެ ފަޅު އިމާރާތެއްގައި ރޯވި އަލިފާން ނިއްވާލައިފި

moosun

ރީނދުލާއި އޮރެންޖެ ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

TTH_advertisement