ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ފުލުހުންގެ ޓްރެއިނިންގައި އުޅެނިކޮށް ހާލު ދެރަވި މީހާ ނިޔާވެއްޖެ

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

ފުލުހުންގެ ޓްރެއިނިންގައި އުޅެނިކޮށް ހާލު ދެރަވި މީހާ ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް (34އ) ހާލުދެރަވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަކުރަމުންދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވާ ކަމަށް ފުލުހުން ބުންޏެވެ.

މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ. މި ހިތާމަވެރި ވަގުތުގައި މަރްހޫމްގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ..،” ފުލުހުން ބުންޏެވެ.

ގާއިސްގެ ހާލު ދެރަވެފައިވަނީ ދ. ވާނީގައި ޓްރެއިނިން ހަދަމުންދަނިކޮށް މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އައިޖީއެމްއެޗްއަށް ގެނެސް، އޭނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. އޭރު ވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗުގައި ކުރި ފުރަތަމަ ބެރިއަޓްރިކް ސަރޖަރީ ކާމިޔާބު

ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗާއި ދަރުމަވަންތާގައި ފަށައިފި

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

Igmh

ދައުލަތުގެ އެހީގައި މިއަހަރު އައިވީއެފް ހެދުމުގެ ފުރުޞަތު ހުޅުވާލައިފި

TTH_advertisement