ކުއްލި ޚަބަރު

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލައިގައި ފިޔަވަޅު އަޅަނީ

476665472 1062536892580659 7430485240658669980 n
ބްރޯޑްކޮމްގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި — ފޮޓޯ: ބްރޯޑްކޮމް

“ރާއްޖެ ޓީވީ” އިން ގެނެސްދިން ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލައިގައި ފިޔަވަޅު އަޅަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.

އެ ވާހަކަތައް ދައްކާފައިވަނީ ރާއްޖެ ޓީވީން ރޭ ގެނެސްދިން ސިޔާސީ ޕްރޮގްރާމު، “ކާލާބައިސާ” ޕްރޮގްރާމުގައެވެ. އެ ޕްރޮގްރާމުގައި ޕްރެޒެންޓަރެއްގެ ގޮތުގައި ހުސައިން ރަމީޒް ބައިވެރިވި އިރު، ބައިވެރިންގެ ގޮތުގައި ބައިވެރިވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި އަހުމަދު ފަޔާޒް އަލީ (ޕާޕާ) އެވެ.

އެ މައްސަލައިގައި ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ބުނާ “ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން” އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސް އާއި ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެފަދަ ކޮންޓެކްޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ބްރޯޑްކޮމްގެ އެސްޖީ އަކަށް ޔާމީން އިދުރީސް

Fazeeluu

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑުކޮށްފި

Xee

ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑުކޮށްފި

Sofaa

މުޒާހަރާތައް ލައިވްކުރުމުގައި އުސޫލާ ޚިލާފުވާނަމަ ފިޔަވަޅު އަޅަނީ

TTH_advertisement