ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ށ އަތޮޅުން ގދ އަތޮޅާ ހަމައަށެވެ.

White Alert issued for heavy rain and wind gusts

އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ 10:20އިން ފެށިގެން 16:20 ހަމައަށެވެ.

އިޝްތިހާރު އިޝްތިހާރު

މެޓު އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައުގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ވަނީ ފެމްބޮޑުވެފައެވެ. އެގޮތުން ގދ. ފިޔޮރީގައި ފެންބޮޑުވެ ބައެއް ގެތަކަށްވެސް ވަނީ ގެއްލުންވެފައެވެ.