ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެންމެ ޕާކިސްތާނަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅު ތާރީީހީ ވެގެންދާ ސަބަބުތައް ވަރަށް ގިނައެވެ. މިއީ މިދިޔަ ދަަހަރެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޕާކިސްތާނަށް ރާއްޖޭގެ ރައީސަކު ވަޑައިގަތީ 2015ވަނަ އަަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

މީގެ އިތުރުން މިއީ ރާއްޖެއާއި ޕާކިސްތާނުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ގާއިމުކުރި ފަހުން، މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ހިންގޭ އެންމެ މަތީ ފަންތީގެ ރަސްމީ ބައްދަލުވުމެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ޕާކިސްތާނަށް މި ވަޑައިގަތީ ދެކުނު އޭޝިއާގެ ސަރަހައްދީ ޖަމާއަތް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ހިންގުމަށް މަޝްވަރާކުރުމަށް ރާއްޖެ މެދުވެރިއަކަށް ވާނެ ކަމަށް ރައީސް އިއުލާންކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގެ މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި މި ކަމަށް ވެސް މަޝްވަރާކުރެވިގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.