ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހަތުން އަރައި ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށް އާ ރެކޯޑެއް ހަދައިފި

GettyImages 2300234701
Maldivian_Ads
TTH_Ads
STO_Ads
Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އިޓަލީގެ އޭއެސް ރޯމާ އަތުން 3-1 އިން ބަލިވާން ދަނިކޮށް، ފަހު ވަގުތު ހައިރާންކުރުވަނިވި ކުޅުމަކާއެކު 4-3 އިން މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މި މޮޅާއެކު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އާ ރެކޯޑެއްވެސް ގާއިމުކޮށްފައެވެ.

މެޗު ނިމެން ދިހަވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ރެއާލް މެޑްރިޑުން ވަނީ ފުލުފުލުގައި ތިން ލަނޑު ޖަހައި މުޅި މެޗުގެ ނަތީޖާ އެއްކޮށް އަނބުރާލާފައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ކާލޮސް އެސްޕީ ލަނޑެއް ޖަހައި އުއްމީދު އާކޮށްދިން އިރު، އޭގެ ދެ މިނެޓު ފަހުން 84 ވަނަ މިނެޓުގައި އެންޑްރިކް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ކާމިޔާބުކުރި ލަނޑާއެކު ރެއާލުން ވަނީ 4-3 ގެ ލީޑެއް ނަގައި، މޮޅު ކަށަވަރުކޮށްފައެވެ.

މަޝްހޫރު ފުޓްބޯޅަ ތަފާސްހިސާބު އެނަލިސްޓުން ހާމަކޮށްފައިވާ ގޮތުގައި، ދެ ލަނޑުގެ ފަރަގެއް ނައްތާލައި މޮޅުވުމަށް ރެއާލް މެޑްރިޑުން ނެގީ އެންމެ 7 މިނެޓާއި 43 ސިކުންތެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ރަށުން ބޭރުގައި ކުޅެ، މިހާ އަވަސް ވަގުތުކޮޅެއްގެ ތެރޭގައި ޓީމަކުން ހޯދި އެންމެ އަވަސް އަދި އެންމެ ތާރީޚީ ‘ކަމްބެކް’ އެވެ.

HajjCop_ads
Advertisement

މި އާ ރެކޯޑާއެކު ރެއާލް މެޑްރިޑުން މިވަނީ މީގެ ކުރިން ލިވަޕޫލުން ހަދާފައިވާ ރެކޯޑު ފަހަނައަޅައި ގޮސްފައެވެ. 3 މެއި 2022 ގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ 12 މިނެޓާއި 48 ސިކުންތުގެ ތެރޭގައެވެ.

ބަލިވާން ދިޔަ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފުރިހަމަ ކާމިޔާބީއަކަށް ބަދަލުކޮށްލުމަކީ ޔޫރަޕްގެ މައިދާނުގައި ރެއާލް މެޑްރިޑްގެ ރަން ތާރީޚަށް އިތުރުވި އަނެއް ބޮޅެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ރޯޔަލް ކްލަބުން ދަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު ފުރިހަމަ ޕޮއިންޓް ހޯދަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bradley barcola lask hat trick

ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލަށް ފަސޭހަ މޮޅެއް

En 80792 sd65qd8qydaz1o36qa7o0toj en translation

މޮޅު ކުޅުމަކާއެކު ޕީއެސްޖީން ސިޓީ ބަލިކޮށްފި

Images (5)

ފެނަބާޗޭ 6-0 އިން ބަލިކޮށް އެސްޓަން ވިލާއިން ތާރީޚީ މޮޅެއް

B7294790 c746 11f1 b4d5 87f9c6c95a29

އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އަތުން އިންޓަރ މިލާން ބަލިވެއްޖެ