ގއ. ވިލިނގިލި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މި އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ނައްތާލާފައިވަނީ 175 ފުޅި ބަނގުރަލާއި 102 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ 2026 ޖުލައި 23 އިން ސެޕްޓެމްބަރު 20 އަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
އޭގެ އިތުރުން، ގަވާއިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ 20 ކާޓޫން ސިނގިރެޓް ނައްތާލާފައިވެއެވެ.

ބަނގުރަލާއި ސިނގިރެޓް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ އެފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.











ކިޔުންތެރިންގެ ހިޔާލު