ކ. އަތޮޅު ރިސޯޓެއްގައި މިއަދު މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި އުމުރުން 29 އަހަރުގެ އަންހެނެކެވެ.

މި ހާދިސާ ހިނގުމާއެކު އެ ދެ މީހުން ވަގުތުން ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރު އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އިޝްތިހާރު އިޝްތިހާރު

ފަތުރުވެރިންނާ ގުޅުންހުރި މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުންނެވެ.