ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވި މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، މަގުމަތީގެ ސަލާމަތާއި އަމާންކަން ނަގާލާ ފަދަ އަމަލުތަކާ އެކު، ތަކުރާރުކޮށް އުޅަނދު ދުއްވައިފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ހިދުމަތަށް ހާޒިރުކޮށް، ނަސޭހަތްދީފިއެވެ.

މިއީ، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުކޮށް، ގާނޫނީ އިރުޝާދު ދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާއެވެ.

ފުލުހުން ބުނީ އޭނާގެ ރެކޯޑުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސްޓަންޓް ޖައްސައިގެން ދުއްވުމާއި، ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނޭކަމަށެވެ. މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައިވަނިކޮށް ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައިވަނިކޮށް ދުއްވުން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ގާނޫނީ އިރުޝާދު ދިނުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރިއަށް ގެންދަމުންނެވެ.

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުން ހުއްޓުވައި، އެ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.

މި މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ދެނެގަނެ، އެ މީހުންގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. މިފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، މި އަމަލުތައް ތަކުރާރުކުރާ މީހުންނާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން، ނުރައްކާތެރިކޮށް އުޅަނދުދުއްވާ މީހުންގެ ތެރެއިން އެ އަމަލު ތަކުރާރުކުރާ މީހުންގެ ވަނަވަރު އާންމުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯއާއި ވީޑިއޯ ފަދަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

Qw

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާކުރުމަށް ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި