ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ: އަލައްބާރު

43
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރަސްމާލޭގައި ހިންގާ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވައި ބޮޑެތި ބަދަލުތަކެއް ރާއްޖެއަށް އަންނާނެ ކަމެއް ކަމަށް ދުބާއީގެ ބުރުޖް ޚަލީފާ ފަދަ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު، ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްގެ ވެރިޔާ މިހެން ވިދާޅުވީ “ސަން އޮންލައިން” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވަނީ ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގުމުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ފުރިހަމަ މަންޒިލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

އަލައްބާރު ވިދާޅުވިގޮތުގައި މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފުރަތަމަ ކުރިއަށްދާނެއެވެ. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ހަރަދުވެގެން ހިންގާ މި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ފުރަތަމަ ފައިސާ އިންވެސްޓްކުރާނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އެތައް ހާސް ވަޒީފާއެއް އުފެދި، ޓެކްސްގެ ގޮތުގައި ބިލިއަނުން އާމްދަނީ ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ ވަނުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުންގެ މެދުގައި ބިން ދިނުމާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އަލައްބާރު ވިދާޅުވީ، ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީގެން ނޫނީ މިފަދަ މަޝްރޫއުތައް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ލަފާކުރެވޭއިރު، ތަފްސީލީ އެއްބަސްވުންތައް ނިމުމުން މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތުތައް އާންމުކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

އަލައްބާރު ދެއްވީ ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށް ލިބޭނެކަމުގެ ޔަގީންކަން

988

ރަސްމާލޭގެ ފަސްގަނޑު މިހާރު އިދިކޮޅަށް ފެންނަނީ ރަންގަނޑެއްގެ ގޮތުގައި: ފަލާހް

DSC

ރަސްމާލެ މަޝްރޫއުން ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ: ޒަރީރު

Heena

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ ބޭރުގެ އިންވެސްޓްމަންޓް: ހީނާ