އިންޑިއާގެ މަޝްހޫރު އަދި ހުނަރުވެރި އެކްޓަރު ނާނާ ޕާޓޭކަރު، ކުއްލި ހާޓް އެޓޭކެއް ޖެހިގެން އުމުރުން 75 އަހަރުގައި ފަތިހު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އިންޑިއާގެ ގޯއާގެ ދޯނާ ޕޯލާގައި ހުންނަ އޭނާގެ ގޭގައި ހުއްޓައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ފެނިފައިވަނީ ގޭތެރޭގައި ހޭނެތިފައި އޮއްވައެވެ. އެއާއެކު ވަގުތުން ގޯއާގެ މަނީޕާލް ހޮސްޕިޓަލަށް ގެންގޮސް، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމަކުން ގާތްގަނޑަކަށް 45 މިނެޓު ވަންދެން މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބި، ފަތިހު 5:20 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައި، އިޢުލާންކޮށްފައެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މި މަރާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މެޑިކޯ-ލީގަލް ކޭސްއެއް ރަޖިސްޓްރީކޮށް، ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ހިތާމަވެރި ހާދިސާ ހިނގި ވަގުތު އޭނާގެ ދަރިފުޅު މަލްހާރް ޕާޓޭކަރު ހުރީ ޕޫނޭގައެވެ. އަދި މި ޚަބަރު ލިބުމާއެކު އޭނާ މިހާރު ވަނީ ގޯއާއަށް ދިޔުމަށް ދަތުރު ފަށާފައެވެ.

އުމުރުން 75 އަހަރުގައި މަރުވި ނާނާ ޕާޓޭކަރު (ވިޝްވަނާތު ޕާޓޭކަރު) އުފަންވީ 1 ޖެނުއަރީ 1951 ގައި މަހާރާޝްތުރާއަށެވެ. އޭނާއަކީ ހިންދީ ސިނަމާގެ އިތުރުން މަރާޓީ ފިލްމްތަކުގައި ވެސް އޭނާގެ ވަރުގަދަ އެކްޓިން އާއި، ޑައިލޮގްތައް ކިޔާލާ ތަފާތު ގޮތުގެ އިތުރުން، އާދަޔާ ހިލާފު ކެރެކްޓާތައް ކުޅުމަށް ނުހަނު މަޝްހޫރުވި ފަންނާނެކެވެ.











ކިޔުންތެރިންގެ ހިޔާލު