އަންނަ އަހަރު ސްކޫލްތަކުގެ ދަރިވަރުންގެ ބަންދު ދުވަސްތައް އެއްކޮށްލުމުން ގާތްގަނޑަކަށް ތިން މަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކަޑެމިކް ކަލަންޑަރު އެކުލަވާލުމަށް ފަހު، އާންމުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު ސްކޫލްތަކުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގައެވެ. އޭގެ އެއް މަސް ފަހުން ދަރިވަރުންނަށް ޗުއްޓީއެއް ލިބޭނެއެވެ. އެއީ ރޯދަ މަހުގެ ފަހު 10 އަދި އީދު ދުވަސްތައް ބަންދުވާތީއެވެ. ދަރިވަރުންނަށް ބަންދުވާނީ ފެބްރުއަރީ 26 އިން މާޗް 7 ގެ ނިޔަލަށެވެ.
އެއަށް ފަހު، މިޑްޓާމް ބްރޭކް ލިބޭނީ މެއި 16 އިން 20 އަށެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހަށް ފަހުގައި ފުރަތަމަ ޓާމްގެ ކިޔެވުން މެދުކަނޑާލާނީ ޖުލައި 16 އިން 31 ގެ ނިޔަލަށެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ އޮގަސްޓް 1 ގައެވެ.
އެއަށް ފަހުގައި ސެޕްޓެމްބަރު 19 އިން 25 އަށް މިޑްޓާމް ބްރޭކެއް ލިބޭނެއެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު 9 ގައެވެ.
ބޮޑު ޗުއްޓީއަށް ފަހު، އަލުން ކިޔެވުން ފެށޭނީ ޖެނުއަރީ 5، 2028 ގައެވެ.











ކިޔުންތެރިންގެ ހިޔާލު