ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީ 17ގައި ފަށާގޮތަށް ވަގުތީ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

darivarun school
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީ 17ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައި ވަގުތީ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން އާންމުކުރެއްވި އަންނަ އަހަރުގެ ވަގުތީ އެކަޑެމިކް ކަލަންޑަރު ވާގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 17ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 16 އިން 22 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 16އިން 31އަށެވެ.

މި ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 10 އިން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2028 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 9 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

މިފަހަރުގެ ކަލަންޑަރުގައިވެސް ވަނީ އަލަށް ސްކޫލްއަށް ދަރިވަރުން ވައްދާ ތާރީޚާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން ފުރަތަމަ ޓާމްގައި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ބަދަލުވުމުގެ ފުރުޞަތު ދީފައިވަނީ މެއިމަހުގެ 9 އިން ޖޫން 10 އަށެވެ. އަދި ދެވަނަ ފަހަރަށް އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ބަދަލުވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 10 އިން ނޮވެމްބަރު މަހުގެ 9ވަނަ ދުވަހާހަމައަށެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 4 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.

އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ވަނީ ވަކިކޮށްފައެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

އަންނަ އަހަރު ދަރިވަރުންގެ ބަންދު ދުވަސްތައް އެއްކޮށްލުމުން ގާތްގަނޑަކަށް 3 މަސް ލިބޭނެ

ޔުނިވަރސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމުގެ އުސޫލު އަލުން އެކުލަވާލައިފި

darivarun

މަތީ ސާނަވީ އިމްތިހާނުގައި 53 ސެންޓަރަކުން ޖުމްލަ 4،973 ދަރިވަރުން ބައިވެރިވި

education minister

ކެމްބްރިޖް ނަތީޖާ އަންނައިރު ދަރިވަރުންނާއި ޓީޗަރުންނަށް ފެންނާނެ އަދި ލިބުނު މާކްސް އެނގޭނެ: ޝަފީޢު