ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުނިވަރސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމުގެ އުސޫލު އަލުން އެކުލަވާލައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ކޮލެޖެއް ޔުނިވަރސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމަށް ލެވެލް 7 އިން މަތީގެ ކޯސްތަކުގައި 1000 ދަރިވަރުން ކިޔަވަންޖެހޭގޮތަށް އުސޫލު އެކުލަވާލައި ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ބެހޭ ގަވާއިދު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މި ގަވާއިދު ބަޔާންކުރާ ގޮތުގައި، ކޮލެޖެއް ޔުނިވަރސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމަށް ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތަކީ، ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 15 އަހަރު ދުވަހު ހިދުމަތް ދީފައިވުމެވެ. މީގެ އިތުރުން ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމާއެކު، ދަރިވަރުންގެ ނިސްބަތާއި ބައިނަލްއަގްވާމީ ފެންވަރުގެ ރޭންކިން އަދި ރޭޓިން މިންގަނޑުތަކަށް ފެތެންޖެހެއެވެ. އަދި ބައިނަލްއަގްވާމީ ޔުނިވަރސިޓީތަކުގެ ޖަމްއިއްޔާއެއްގެ މެންބަރުކަމުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި، ބައިނަލްއަގްވާމީ ފެންވަރުގެ އިލްމީ ދިރާސާތައް ކުރުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، ޔުނިވަރސިޓީއެއް ހިންގުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ހުންނަންވާނެއެވެ.

އެއާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 7 ން 9 އާ ދެމެދުގެ ފެންވަރުގައި، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ކޯސްތައް ހިންގަމުން ގެންދަންޖެހެއެވެ.

HajjCop_ads
Advertisement

ހަމައެހެންމެ ލެވެލް 7 ން ފެށިގެން މަތީގެ ކޯސްތަކުގައި 1000 އަށްވުރެ މަދުނޫން އަދަދަކަށް ދަރިވަރުން ކިޔަވަމުންދާންވާނެއެވެ. އަދި އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ނުވަތަ އެމް.އެން.ކިޔު.އެފް ލެވެލް 10 ގެ ސަނަދު ހާސިލުކޮށްފައިވާ ދާއިމީ، ފުލްޓައިމް މުވައްޒަފުން ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން، ޔުނިވަރސިޓީއަކަށް ބަދަލުވާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ މަދުވެގެން އެއް ޕްރޮގްރާމް ފަށަންވާނެއެވެ.

މި ގަވާއިދުގައިވާ ގޮތުން ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ހުށަހަޅާ ޕްރޮޕޯސަލާއި، އެކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ހެކިތައް ދިރާސާކޮށް ރިޕޯޓް އެކުލަވާލާނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ފަންނީ ކޮމިޓީއަކުންނެވެ.

އަދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނަތާ ތިން މަސް ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ނިންމަންޖެހޭއިރު، ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/100,000 ދިވެހި ރުފިޔާއެވެ. މީގެ އިތުރުން ހަދާ އެހެނިހެން ކެމްޕަސްތަކާއި ލާނިން ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް ވަކި ފީތަކެއް ދައްކަންޖެހޭނެއެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ސަރުކާރުގެ ދެ ޔުނިވަރސިޓީ ކަމުގައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. ގިނަ އަދަދެއްގެ ކޮލެޖުތައް ރާއްޖޭގައި ހިންގަމުން އައި ނަމަވެސް، ޔުނިވަރސިޓީގެ ދަރަޖައަށް ބަދަލުވުމުގެ މަރުހަލާ ފަށާފައިވަނީ މަދު ކޮލެޖަކުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

މަތީ ސާނަވީ އިމްތިހާނުގައި 53 ސެންޓަރަކުން ޖުމްލަ 4،973 ދަރިވަރުން ބައިވެރިވި

education minister

ކެމްބްރިޖް ނަތީޖާ އަންނައިރު ދަރިވަރުންނާއި ޓީޗަރުންނަށް ފެންނާނެ އަދި ލިބުނު މާކްސް އެނގޭނެ: ޝަފީޢު

students exam

މިއަހަރު އޯލެވެލް އިމްތިޙާނުގައި 8000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވޭ

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި