ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީގަލް ހިލްސް މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމަކަށް އުނިކަމެއް ނާންނާނެ: ރައީސް

raees muiz
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދުބާއީގެ އީގަލް ހިލްސްއާއެކު ރަސްމާލޭގައި ތަރައްޤީކުރާ “މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ” މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ދޭން ނިންމާފައިވާ އެއްވެސް ބޯހިޔާވަހިކަމެއް މަދެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ނިއުސް ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ކުރިއަށްދަނީ ފުރަތަމަ ދުވަހުވެސް ޕްލޭންކުރި ގޮތަށް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް ވަރަށް ފުރިހަމައަށް ހާސިލުވެގެންދާނެ ކަމަށެވެ.

މި ޕްލޭންގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު ސިޓީއެއް ތަރައްޤީކުރުމަށް އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭން ނިންމާފައިވާއިރު، ރަސްމާލޭގެ ބާކީ 500 ހެކްޓަރު ބިން ޚާއްޞަކޮށްފައިވަނީ ދިވެހިންނަށެވެ. އެ ބިމުގައި 150,000 އަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް މީހަކަށް ދޭން އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ކެންސަލް ނުކުރާނެ ކަމަށާއި، ޝަރުތުހަމަވާ އެންމެންނަށްވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެއެވެ.

މިއީ 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް ކަމަށްވާއިރު، ފުރަތަމަ އަހަރު ރާއްޖެއަށް 30 ބިލިއަން ޑޮލަރު އަދި އޭގެ ފަހުން އަހަރަކު 2 ބިލިއަން ޑޮލަރު އިޤްތިޞާދުގެ ތެރެއަށް ވަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު ވަނީ ހާމަކުރައްވާފައެވެ. އަދި މަޝްރޫޢުގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބި، 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢަށް އެއްވެސް ވަރަކަށް ސޮވްރިން ގެރެންޓީއެއް، ސަރުކާރުން ނެގި ލޯނެއް، ޓެކްސް އިސްތިސްނާއެއް ނުވަތަ ޑިއުޓީ އިސްތިސްނާއެއް ދީފައެއް ނުވާނެ ކަމަށާއި، ބިން ދެނީ ހަމައެކަނި ކުއްޔަށް (ލީސް) ކަމުން ބިން މިލްކެއް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މި އަހަރު ނިމެންވާއިރަށް ރަސްމާލޭގެ 1,100 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިމޭނެ ކަމަށާއި، މިހާރުވެސް 70 އިންސައްތަ ހިއްކާ ނިމިފައިވާއިރު މިއީ ރާއްޖޭގެ އެންމެ ބޮޑު ބިމަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު