ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާއާއި ރާއްޖޭގެ ސަގާފީ ތަރިކަ ދައްކުވައިދޭ އެގްޒިބިޝަންތަކެއް އަންނަ އަހަރު ބާއްވަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ތާރީޚީ ގުޅުމާއި ސަގާފީ ތަރިކަ ދައްކުވައިދޭ ޚާއްސަ މައުރަޒުތަކެއް (އެގްޒިބިޝަންތަކެއް) އަންނަ އަހަރުގެ ކުރީކޮޅު ދެ ޤައުމުގައި ބޭއްވުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށާއި މި ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤުޞަދުގައި، ދިވެހި ސަރުކާރާއި ޗައިނާގެ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ސޮއިކުރެއްވިއިރު، ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.

މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްގެ ޚާއްސަ މައުރަޒެއް ރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި ބޭއްވުމެވެ. މީގެއިތުރުން، ރާއްޖޭގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މައުރަޒެއް ޗައިނާގެ އެކި ސިޓީތަކުގެ މިއުޒިއަމްތަކުގައި ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ދާރުލްއާސާރުގެ އިސްނެގުމުގެ މަތިން ޤައުމުން ބޭރުގައި މިފަދަ މައުރަޒެއް ބާއްވާ ފުރަތަމަ ފަހަރެވެ.

HajjCop_ads
Advertisement

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި އެގްޒިބިޝަންތަކުގެ މައިގަނޑު މަޤުޞަދަކީ ކަނޑުދަތުރުފަތުރާއި މެރިޓައިމް ދާއިރާ ތަރައްޤީވެގެން އައި ގޮތް ހާމަކޮށްދިނުމެވެ. ޚާއްސަކޮށް، އެވޭލާ ޒަމާނުން ފެށިގެން “މެރިޓައިމް ސިލްކް ރޫޓު” ގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ތާރީޚީ ގުޅުމާއި ދަތުރުފަތުރުގެ މަޢުލޫމާތު ބައިނަލްއަޤުވާމީ ދުނިޔެއަށް ހާމަކޮށްދިނުމަކީވެސް މީގެ މުހިންމު ބޭނުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ޤައުމު ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ފުޅާ ދާއިރާއެއްގައި ކުރުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އަދި ތަރިކައިގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިންނާއި މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ސަގާފީ ތަރިކަ ދިރާސާކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މައުރަޒުތަކާއި ކުރިއަށްގެންދެވޭ ދިރާސާތަކުގެ ސަބަބުން ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް ބައިނަލްއަޤުވާމީ މައިދާނުގައި އިތުރަށް މަޤުބޫލުވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖެއަކީ ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެއްކަން ދުނިޔެއަށް ހާމަކޮށްދީ، މި މުހިންމު ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

މާލޭ މަގު ހެދުމުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

ޤައުމީ ފުޓުބޯޅަ ޓީމު ކުޅުނު މެޗުގައި ޗައިނާއިން ފަހުހާފުގައި ކުރިހޯދައިފި

 ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުން މުހިއްމު: ޗައިނާ ސަފީރު