ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާދީއްތަ ދުވަހުގެ ރޭ “އަހާ” ފޯރަމް އޮންނާނެ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ވަޒީރުން ހިއްސާކުރެއްވުމާއެކު، އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުން ކުރަން ބޭނުންވާ ސުވާލުތައް ވަޒީރުންނާ ކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ “އަހާ” ފޯރަމުގެ ބައްދަލުވުމެއް އަންނަ އާދީއްތަދުވަހުގެ ރޭ އޮންނާނެއެވެ.

“އަހާ” ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި ހިންގަމުންދާ މަޝްރޫއުތަކުގެ އަަދާހަމަ މައުލޫމާތު ހާމަކުރުމާއެކު، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގުޅިގެން ބާއްވާ ސިލްސިލާ ފޯރަމްތަކެކެވެ.

އާދީއްތަ ދުވަހުގެ ރޭ ބާއްވާ ފޯރަމުގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމު ބާއްވާނީ އެ ރޭ 21:00 ގައެވެ. އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

HajjCop_ads
Advertisement

މި ފޯރަމުތައް އިންތިޒާމުކޮށްފައިވާ ގޮތުން ފޯރަމް ކުރިއަށްގެންދާނީ ދެ ގަޑިއިރުގެ މުއްދަތަކަށެވެ. އެ ފޯރަމުގައި ބައިވެރިވެ ބޭނުންވާ ސުވާލެއް ކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ. ފޯރަމުގައި ހާޒިރުވެ ސުވާލުކުރުމުގެ އިތުރަށް، ޕީއެސްއެމްގެ އެޕްލިކޭޝަން މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ސަރުކާރުން “އަހާ” ފޯރަމް ފެށީ 2024 ވަނަަ އަހަރުގެ ޖަނަވަރީ މަހުއެވެ. އަދި އޭގެ ފަހުން އެ ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް “އަހާ” ފޯރަމް ކުރިއަށްގެންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް ބޭނުންވާ ސުވާލެއް ދަންނަވައި ބޭނުން ހިޔާލެއް ހިއްސާކުރުމަށް އާއްމުންނަށް ފުރުސަތު ދިނުމަށް “ރައްޔިތުންގެ އަޑު”ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ރައީސް އޮފީހުން އަންނަނީ ކުރިއަށްގެންދެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހާ ފޯރަމްގެ ނުވަ ވަނަ ބައްދަލުވުން މިރޭ އޮންނާނެ

8 ވަނަ “އަހާ” ފޯރަމް މިރޭ

އާދީއްތަ ދުވަހުގެ ރޭ “އަހާ” ފޯރަމް އޮންނާނެ

Haaa

އަހާ ފޯރަމް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވަނީ