ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހާ ފޯރަމްގެ ނުވަ ވަނަ ބައްދަލުވުން މިރޭ އޮންނާނެ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ވަޒީރުން ހިއްސާކުރެއްވުމާއެކު، އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުން ކުރަން ބޭނުންވާ ސުވާލުތައް ވަޒީރުންނާ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ “އަހާ” ފޯރަމުގެ ބައްދަލުވުމެއް މިރޭ އޮންނާނެއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން ގެނެސްދޭ “އަހާ” ފޯރަމް ސިލްސިލާގެ އަށް ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

ނުވަވަނަ ބައްދަލްވުމުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަދި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނެވެ.

HajjCop_ads
Advertisement

މި ފޯރަމްގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރާނެ ފަހި ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު، އެ ތަންތަނުގެ އެންމެ އިސްވެރިންނާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ދެ ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދެވޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވޭއިރު، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، “އަހާ” ފޯރަމް ތަޢާރަފުކުރެއްވީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދަވާފައެވެ. މި ސިލްސިލާގެ 7 ވަނަ ފޯރަމް ކުރިއަށްގެންދެވީ ހުސްވި ސެޕްޓެންބަރު 27 ވީ އާދީއްތަ ދުވަހުގެ ރޭގައެވެ.

“އަހާ” ފޯރަމަކީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން “ރައްޔިތުންގެ އަޑު” ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8 ވަނަ “އަހާ” ފޯރަމް މިރޭ

އާދީއްތަ ދުވަހުގެ ރޭ “އަހާ” ފޯރަމް އޮންނާނެ

އާދީއްތަ ދުވަހުގެ ރޭ “އަހާ” ފޯރަމް އޮންނާނެ

Haaa

އަހާ ފޯރަމް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވަނީ