ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޢުދިއަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި ޝާހީ އާއިލާއާ، ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާއަކީ އެތައް އަހަރުތަކެއް ކުރީން އުފެދިފައިވާ އޮތް ތާރީޚީ ގުޅުމާއި، ދެ ޤައުމު ހިއްސާވާ އިސްލާމީ އަގުތަކުގެ ތެރޭގައި ބިންވަޅު ނެގިފައިވާ ފުން ގުޅުމަކުން ގުޅިފައިވާ ދެ ޤައުމު ކަމުގައި ވިދާޅުވި އެވެ.

އަދި ސައުދީ އަރަބިއްޔާއިން، ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށް ދީލަތި އެއްބާރުލުމާއި އެކަމުގައި އޮތް ހިއްސާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމުގައި ވިދާޅުވި އެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވި އެވެ.

އަދި ސައުދީ އަރަބިއްޔާގެ ރަސްކަމަށް ދެމިއޮތުމާއި އެ ޤައުމަށް ހަމަޖެހުމާއި، ތަނަވަސްކަމާއި، ޝަރަފުވެރިކަމަށް އެދި ދުއާ ކުރައްވާފައިވެ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

Io

ސައުދީ އަރަބިއްޔާގެ ޝޫރާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

students

ސައުދީ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި