ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ސަސްޕެންޑުކޮށްފި

88887
Maldivian_Ads
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފައިވަނީ ވަރަށް ފަހުން ކަމަށްވާއިރު، އޭނާ ސަސްޕެންޑުކުރި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް އެ އޮފީހުގެ ޗީފް އެކްޒެކެޓިވް އޮފިސަރު ޔަޒްމީދު މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ޝިއުނާ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ އޮފީހުގެ ކޯޕަރޭޓް އެފެއާޒް ބަޔާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހިންގުމުގައި އިސްދައުރެއް އަދާކުރެއްވުމާއި، މަގުދައްކައިދިނުމުގެ އިތުރުން އެ ކަންކަން ބެލެހެއްޓެވުމެވެ.

HajjCop_ads
Advertisement

ޕެންޝަން އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާގެ މަގާމު އަދާކުރައްވާފައެވެ. މީގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިސްވެރިއެއްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ޝިއުނާއަކީ އިދާރާތައް ހިންގުމުގެ އިތުރުން ވެރިކަން ހިންގުމުގެ ނިޒާމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އިދާރާތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ދާއިރާއިން ދިރާސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލުމާއި، ވަކާލާތުކުރުމާއި، ސިޔާސަތު އެކަށައެޅުމުގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ތައުލީމީ ގޮތުން ބަލާއިރު، ޝިއުނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުގެ އެސްއޯއޭއެސް އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ލަންޑަން މެޓްރޯޕޮލިޓަން ޔުނިވާސިޓީން ތާރީޚުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވިއިރު، ޔުނިވާސިޓީ އޮފް ލަންޑަނުގެ ބާކްބެކް ކޮލެޖުން ވަނީ ސިޔާސީ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ފުރިހަމަކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Yazmeed

ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު

Yazmeed

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު

Io

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާގެ ދެ މެންބަރުން ހޯދަނީ

43

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި