ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކުގައި އިޤްތިޞާދީ ފައިދާއާއި ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދޭނެ ކަމަށް އަލާއްބާރު ވިދާޅުވެއްޖެ

WhatsApp Image 2026 09 21 at 12.35.50
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދުނިޔޭގައި އޮތީ އެންމެ ދިވެހިރާއްޖެއެއް ކަމަށާއި، ރާއްޖޭގައި އީގަލް ހިލްސްއިން ކުރާ އިންވެސްޓްމަންޓްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ފައިދާއާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކަމަށް އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާއްބާރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، އަލާއްބާރު ވަނީ ރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭގޮތުން އެ ކުންފުނިން ގެންގުޅޭ ޚާއްޞަ ތަޞައްވުރު ހިއްސާކުރައްވާފައެވެ. އެގޮތުން މުޅި ދުނިޔޭގައިވެސް ދިވެހިރާއްޖެ ފަދަ އެހެން ދެވަނަ ޤައުމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލާއްބާރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކުރިއަށްގެންދާ އިންވެސްޓްމަންޓް މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އަމިއްލަ އިޤްތިޞާދަށް އެދެވޭ ބޮޑު އަސަރެއް ކުރުވުމެވެ. އަދި އޭގެ އިތުރުން ތިމާވެށްޓާއި ރައްކާތެރިކަމަށް ބަލައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

HajjCop_ads
Advertisement

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އީގަލް ހިލްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވަނީ ރަސްމާލެ ސަރަޙައްދުގައި ބޮޑު މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަޝްރޫޢަކީ ފުށިދިއްގަރު ފަޅުގައި “މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” ގެ ނަމުގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް މަޝްރޫޢެކެވެ.

މީގެއިތުރުން، އެ ކުންފުނިން ރާއްޖޭގައި ހިންގާ ކޮންމެ މަޝްރޫޢެއްވެސް ފުރިހަމަކުރާނީ ނުހަނު އިޚްލާޞްތެރިކަމާއެކު، ހިތުގެ އަޑިން ކަމަށް އަލާއްބާރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ދާއިރާއަށް އެދެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

02

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ލ. ގަމެއް ނޫން، އެއީ ރަސްމާލެ!

Big Py5HpxFvLzT5FE76piBbQIL5w

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ %55 ނިމިއްޖެ

rasmale

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަނީ