ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން (S7) އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މިއީ ވެރިރަށް މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ޝެޑިއުލް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ނޯވޯސިބިއެސްކްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

HajjCop_ads
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދިން ގޮތުގައި އެސްސެވަންގެ ދަތުރުތައް ހަފުތާއަކު ދެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ އަދި ހުކުރު ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ. ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ އެއާލައިންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓު ވިއްކާ އޮފީސްތައް މެދުވެރިކޮށް މިހާރު ޓިކެޓު ވިއްކަން ވަނީ ފަށާފައެވެ.

މި ދަތުރުތަކާ ގުޅިގެން މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޓެޒް ޓުއާއިން ވަނީ ހާއްސަ ޕެކޭޖުތަކެއްވެސް ތައާރަފުކޮށް ވިއްކަން ފަށާފައެވެ. އެގޮތުން ކުރީބައިގައި ބުކިން ހަދާ ފަރާތްތަކަށް އެކޮމޮޑޭޝަނުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޓެޒް އިން ބުނެފައިވެއެވެ.

މި ދަތުރުތަކަށް މަގުފަހިވެގެން ދިޔައީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް އަލަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރަޝިޔާއަކީ މިހާރު ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 222,796 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.

މީގެ 34 އަހަރު ކުރިން، 1992 ވަނަ އަހަރު ހިދުމަތަށް ނުކުތް އެސްސެވަން އެއާލައިނަކީ 104 ބޯޓުގެ ފްލީޓަކާއެކު ދުނިޔޭގެ 77 މަންޒިލަކަށް ދަތުރުތައް ބާއްވަމުން އަންނަ ބޮޑު އެއާލައިނެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަޝިޔާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި

HP7LHusakAA3J U

ރަޝިޔާގެ އިތުރު އެއަރލައިންތައް ރާއްޖެ ގެނައުމަށް މަޝްވަރާކޮށްފި

WhatsApp Image 2026 01 22 at 17.32.02 ri1imt02z8je4f0flce3ldl1zisnsmkhpumge03ss0.jpeg

ރަޝިޔާގެ ޚާރިޖީ ވަޒީރު ދެއްވާ ޚާއްސަ މެޑަލް އަލީ ފައުޒީއަށް އަރުވައިފި

ރަޝިޔާގެ ރައީސަށް ދިވެހި އައު ސަފީރު ފަތްކޮޅު އަރުވައިފި