ވެރިކަން ކުރާ ޕީއެންސީގެ އެންމެ އިސް މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުން މަގާމުގެ ހުވާކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ސެޝަނެއްގައި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވަނީ އެ ބޭފުޅުންނަށް ހުވާލައިދެއްވާފައެވެ.
މި ސެޝަނުގައި ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ހިމެނިވަޑައިގަންނަވައެވެ. އަދި ޕާޓީގެ އެކި މަގާމުތަކަށް އައްޔަންކުރެއްވި ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީއިންނާއި ސީއީއޯއިންގެ އިތުރުން މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވެސް ވަނީ ހުވާކުރައްވާފައެވެ.
މީގެ އިތުރުން، ޕާޓީގެ އިދާރީ އެކި މަގާމުތަކާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކަށް އިންތިޚާބުވި ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ހުވާކުރައްވާފައިވެއެވެ.

މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގެ ކޮންގްރެސްގައި އިއްޔެ ވަނީ ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް އެރުވުމަށް ވެސް ފާސްކޮށްފައެވެ










ކިޔުންތެރިންގެ ހިޔާލު