ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާތްވެގެންވާ މައްކާއަށް ހޫތީން ދޭން އުޅުނު ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާތްވެގެންވާ މައްކާއަށް ހޫތީން ދޭން އުޅުނު ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މައްކާގެ މާތްވެގެންވާ ބިމަށް އަމާޒުކޮށް ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. މުސްލިމުންގެ މުޤައްދަސު ބިމުގެ އަމާންކަމާއި ހުރުމަތް ކެނޑޭފަދަ ކޮންމެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ލިބޭނެ ފުން ހިތާމައެއް ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެ އޮތީ ސައޫދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައި ކަމަށެވެ. އަދި މާތްވެގެންވާ އެ ބިމާއި، ޙައްޖާއި ޢުމްރާގެ އަޅުވެރިންނާއި، މައްކާގެ ރައްޔިތުން ރައްކާތެރިކުރުމުގައި ސައޫދީ އެއާ ޑިފެންސް ފޯސަސް އިން ދެއްކެވި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފަައިވެ އެވެ.

HajjCop_ads
Advertisement

މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވައި، އެމަނިކުފާނުވަނީ މަސްލަހަތު އިތުރަށް ގޯސްވިޔަނުދީ، ސުލްޙައާއި ވާހަކަދެއްކުމުގެ މަގު ޚިޔާރުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

މައްކާއާ ދިމާލަށް ހޫތީން ފޮނުވާލި ޑްރޯނެއް ވައިގެ ތެރޭގައި ހުއްޓުވައި ވައްޓާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ވަނީ ހާމަކޮށްފަ އެވެ. ސައޫދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ ވިދާޅުވީ، އަންގާރަ ދުވަހުގެ ހަވީރު ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން އެ ޑްރޯން ހުއްޓުވީ މަނާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށެވެ.

އަލް މާލިކީ ވަނީ މިއީ އަޅުކަންކުރާ މީހުން ބިރުގަންނަވައި އާންމުންނަށް ގެއްލުން ދިނުމަށް ކުރި މަސައްކަތެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ. އަދި ހުރުމަތްތެރިވެގެންވާ ދެ ހަރަމްފުޅާއި ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަމަކީ “ރަތް ރޮނގެއް” ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.

މީގެ ކުރިން ހޫތީން ވަނީ މައްކާއަށް ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، މާތްވެގެންވާ އެފަދަ ތަންތަނަށް އެމީހުން އަމާޒު ނުކުރާ ކަމަށް ބުނެފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472828 189c2a44 4

ސަޢުދީ ފަންޑުގެ ސީއީއޯއާ ރައީސް ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް

Big NqUFDC47feKBnzlabU4oE8ffb

ޑިމޮކްރަސީ ދެމިއޮންނާނީ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވެގެން: ރައީސް

pnc

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބައެއް ތިބޭނެ ބައިބައިނުވެ ދާންވީ ކުރިއަށް: ރައީސް

PNC

ކޮންގްރެސް ޕާޓީގައި އޮތީ ޤައުމީ އެޖެންޑާއެއް: ރައީސް