ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީ ގެ ކޮންގްރެސް މާދަމާ ފެށޭނެ

PNC
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް މާދަމާ ފެށޭނެއެވެ. މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އަދި ނަމޫނާ ކޮންގްރެސްއަށް ވާނެކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ޕާޓީގެ ކޮންގްރެސް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.

މި ކޮންގްރެސްގައި އިންތިހާބު ކުރުމަށް ޕާޓީގެ އަސާސީގެ ގަވާއިދުގައި ބުނާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވެއެވެ.

HajjCop_ads
Advertisement

އެ ޕާޓީން ވަނީ އެ މެންބަރުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އެ ތަފްސީލު ހާމަކޮށްފައެވެ. އެގޮތުން ބައެއް މަގާމުތަކަށް ވަރަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ:

* އަސްމާ ރަޝީދު
* މުހައްމަދު ހުސައިން ޝަރީފް
* އަބްދުﷲ ރާފިއު
* އަހުމަދު ޝިޔާމް
* އިބްރާހިމް ޝުޖާއު
* ފާތިމަތު ސައުދާ
* މުހައްމަދު ނިމާލް
* މުހައްމަދު ސައީދު

ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އަންހެން މެންބަރުކަމުގެ 10 މަގާމަށް 22 މެންބަރަކު ކުރިމަތިލާފައިވާއިރު މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ ޒުވާނުންގެ މެންބަރުކަމުގެ ހަތް މަގާމަށް 13 މެންބަރަކު ކުރިމަތިލާފައިވެއެވެ.

މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރުން ކުރިމަތިލާފައިވެއެވެ. ނުވަ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ.

ޕީއެންސީގެ ބައެއް މަގާމުތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން އެ މެމްބަރުންނަށް އެ މަގާމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސް މަގާމު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދަށް ކަށަވަރުވެފައިވާ އިރު، އެ ހަރަކާތުގެ ނައިބު ރައީސްގެ މަގާމު ކަށަވަރުކުރީ އާމިނަތު ހުސައިން ޝަރީފެވެ. އެ ހަރަކާތުގެ ސެކްރެޓަރީގެ މަގާމު ކަށަވަރުކުރީ އާމިނަތު ނާސިހާ އެވެ. އަދި އެ ހަރަކާތުގެ ހަޒާންދާރުގެ މަގާމު ކަށަވަރުކުރީ އާމިނަތު ޝިޒްލީނެވެ.

ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމު އިބްރާހިމް އަބާން އަބްދުއްލަތީފަށް ކަށަވަރުވެފައިވާ އިރު، އެ ހަރަކާތުގެ ނައިބު ރައީސްގެ މަގާމު ކަށަވަރުކުރީ ހަސަން ޝަހީދެވެ. ސެކްރެޓަރީގެ މަގާމު އިސްމާއިލް އަޒްމީ ކަށަވަރުކުރި އިރު އެ ހަރަކާތުގެ ހަޒާންދާރުގެ މަގާމު ކަށަވަރުކުރީ މުހައްމަދު ރިފާއުއެވެ.

މިހާރު ކުރިއަށްދަނީ ކޮންގްރެސް އަށް ތައްޔާރުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށް ޕާޓީން މައުލޫމާތުދެއެވެ. އެގޮތުން ކޮންގްރެސްގައި ބައިވެރިވުމަށް އަތޮޅުތެރެއިން ވެސް ގިނަ އަދަދެއްގެ މެމްބަރުން މާލެ އަންނާތީ އެމީހުންނަށް މަރުހަބާ ކިޔުމުގެ ކަންކަމާއި ކޮންގްރެސްގެ އިދާރީ ކަންކަން މިހާރު ވެސް ދަނީ ހިނގަމުންނެވެ.

ޕީއެންސީއަކީ 78،505 މެމްބަރުންނާއެކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Large 178953707520OUJw

ނިމާލާއި އަސްމާ ކަޓައި، ޕީއެންސީއަށް 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

pnc

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބައެއް ތިބޭނެ ބައިބައިނުވެ ދާންވީ ކުރިއަށް: ރައީސް