ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯނަސް ނުލިބޭތީ އާޖެންޓީނާގެ ކޯޗު ސްކަލޯނީ އެއްބަސްވުން އައުކުރަން ބޭނުމެއްނޫން!

C4b8e24d3155b10bbfa25c4ef57b2691
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޯނަސް ނުލިބޭތީ އާއި އެ ނޫން ސަބަބުތަކާހުރެ އާޖެންޓީނާގެ ކޯޗުކަމުގައި ދެމިހުރިމާމެދު ސުވާލު އުފެދިއްޖެއެވެ.

އާޖެންޓީނާގެ ކޯޗުގެ ގޮތުގައި ލަޔޮނަލް ސްކަލޯނީ ހުންނަތާ މިހާރު ވަނީ 8 އަހަރުވެފައެވެ. އޭނާގެ ކޮންޓެކްޓު މިއަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާގެ ކޯޗުކަމުގައި އާޖެންޓީނާ ވަނީ 2021 އާއި 2025 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022ގެ ވޯލްޑް ކަޕާއި ފައިނަލިސިމާ ތަށި ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި ކާމިޔާބީތަކާއެކު ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް ދޭން ޖެހޭ ބޯނަސް ދީފައި ނުވުމަކީ ސްކަލޯނީ ކޮންޓްރެކްޓް އައު ކުރަން އެއްބަސް ނުވާ އެއް ސަބަބެވެ. ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް 20 ދުވަހަށް ވެފައިވާއިރު އަދިވެސް އާޖެންޓީނާގެ ޓީމު ފައިނަލެއް ނުކުރެއެވެ. މީގެ ސަބަބަކީ ސްކަލޯނީ މަސައްކަތާ ދުރުގައި މިވަގުތު ހުރުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޯޗު ކޮންޓްރެކްޓް އާ ކުރުމާމެދު ގޮތެއް ނުނިންމައި ހުރި އަނެއް ސަބަބަކީ ކެޕްޓަން ލަޔޮނަލް މެސީ ރިޓަޔާ ކުރުމެވެ. މީގެ އިތުރުން މިދިޔަ އަހަރުތަކުގައި ޓީމުގައި ތިބި ސީނިއަރ ގިނަ ކުޅުންތެރިން ރިޓަޔާ ކުރުމާއެކު އަލުން ޓީމު ބިނާ ކުރަން ޖެހުމަކީ ވެސް ސަކަލޯނީ އަށް އޮތް ކަންބޮޑުވުމެކެވެ.

HajjCop_ads
Advertisement

ތިން ވަނަ ސަބަބަކީ މިދިޔަ އަށް އަހަރު އޭނާ ކުރި މަސައްކަތް އެ ބާރު މިނުގައި ކުރެވިދާނެ ކަމާމެދު އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު ނެތުން ކަމަށްވެސް އާޖެންޓީނާގެ މީޑިޔާތަކުން ބުނެއެވެ. މީގެ އެއް ސަބަބަކީ ކޯޗިން ސްޓާފުގެ ބައެއް މެމްބަރުން އަމިއްލަ ކޯޗިން ކެރިއަރެއް ފަށަން ތައްޔާރުވެ ގައުމީ ޓީމާ ވަކިވާން ތައްޔާރުވަމުންދާތީއެވެ. މީގެ ތެރޭގައި އެސިސްޓެންޓް ކޯޗު ވޯލްޓާ ސެމިއުލްވެސް ހިމެނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

މެސީއަކީ ބަދަލެއް ނުހޯދޭނެ ފަދަ މޮޅު ކުޅުންތެރިއެއް: ސްކަލޯނީ

Imago sport

މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކެރިއަރު ނިންމާލުން، އަސަރުގަދަ އަލްވަދާޢެއް!

Getty

ވަދާޢީ މެޗުގައި މެސީގެ ލަނޑަކާއެކު އާޖެންޓީނާ މޮޅުވެއްޖެ

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި