ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

 ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުން މުހިއްމު: ޗައިނާ ސަފީރު

TTH_Ads
STO_Ads
Maldivian_Ads
Advertisement

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާ އިން ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ސަފީރު ކޮންގް ޝިއަންހުއާ ގޮވާލައްވައިފި އެވެ.

ސަފީރު މިކަމަށް ގޮވައިލެއްވީ ދެ ބޯޓު އޮޔާދިޔަ ހާދިސާގައި އެއިން ބޯޓެއް ސިނަމާލެ ބުރިޖަށް އުރުމާއި ގުޅިގެންނެވެ. ސަފީރު ވިދާޅުވި ގޮތުގައި ޗައިނާ ކަމާގުޅޭ މާހިރުންގެ ޓީމަކުން ވަނީ ބްރިޖުގެ ފުރިހަމަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ރޭ އެ މަސައްކަތް ފަށާ ނިންމާލިއިރު ބްރިޖުގެ މައި ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަޤީން ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ސަފީރު ވެސް ވަނީ ރެނދުލުން ފަދަ ކުދިކުދި ގެއްލުން ވެފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ.

HajjCop_ads
Advertisement

އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.

ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެކުލަވާލާފައިވާ މޮނިޓަރިން، އިންސްޕެކްޝަން އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، އެސްއެޗްއީސީ އިން އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް ބްރިޖަށް ލިބުނު ގެއްލުންތައް މަރާމާތުތައް ކުރާނެ އެވެ.

މި ހާދިސާއަކީ ބޮޑު ނުރައްކަލަކުން ކިރިޔާ ސަލާމަތްވި ހާދިސާއެއްގެ ގޮތުގައި ސިފަކޮށް ވަޒީރު ވިދާޅުވީ މިފަދަ ހާދިސާތަކުގައި މި ސަރަހައްދުގައި ހުރި އެ މުހިންމު އަދި ނާޒުކު ބިނާރުތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން، މިފަދަ ކަމެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ހާލަތްތަކަށް ތައްޔާރުވުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތައް ހިއްސާކުރަމުން ވަޒީރު ވިދާޅުވީ އޮޔާދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓުމުގެ ގާބިލުކަން ހުރި ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމް.ޕީ.އެލުން ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ޓަގުތައް ލިބޭނެ ކަމަށް ބެލެވޭކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކުރާނެ އަދި ފިޔަވަޅު އަޅާނެ ސާފު އުސޫލުތަކެއް އެކުލަވާލެވިގެންދާނޭކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ ސަފީރު، މަޖިލީހުގެ ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ޗައިނާގެ ބޯޓުދެލި މައިނެއްގައި ހިނގި ހިތާމަވެރި ގޮވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ