ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާސެލޯނާގެ ކެޕްޓަންކަން ފުރަތަމަ ފަހަރަށް ބްރެޒިލްގެ ކުޅުންތެރިއަކަށް

1d42f7a6755b4ff52a4a709ff4dd189a
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސްޕެއިންގެ ބާސެލޯނާގެ 127 އަހަރުގެ ދިގު ތާރީޚުގައި އެ ކްލަބްގެ ކެޕްޓަންކަން ބްރެޒިލްގެ ކުޅުންތެރިއަކަށް ދީފިއެވެ.

މި ސީޒަނުގައި ބާސެލޯނާގެ ކެޕްޓަންކަން ކުރާނީ ބްރެޒިލްގެ ރަފީނިއާއެވެ. އޭނާ އަކީ މީގެ ތިން ސީޒަން ކުރިން ލީޑްސް ޔުނައިޓެޑުން 55 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ބަދަލުވެ މިހާރުގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް ކެޕްޓަންކަން ދޭން ނިންމީކޯޗު ހަންސީ ފްލިކެވެ. ވައިސް ކެޕްޓަނަކީ ސްޕޭނުގެ މިޑްފީލްޑަރު ޕެޑްރީއެވެ. މި ދެ ކުޅުންތެރިން ނެތް ހާލަތެއްގައި ކެޕްޓަން ބޭންޑް އަޅަން ކުޅުންތެރިން ހޮވާފައިވަނީ ޑިފެންޑަރު އެރިލް ގާސިއާ އާއި މިޑްފީލްދަރު ފްރޭންކީ ޑިޔޮންގްއާއި ފޯވަޑް ލަމީން ޔަމާލެވެ. ޓްރާންސްފާ މާކެޓް ނިމެންދެން ވަގުތީ ގޮތުން ކެޕްޓަންކަން ދީފައިވަނީ ވެސް ރަފީނިއާ އަށެވެ.

ބާސެލޯނާ އަކީ ބްރެޒިލްގެ މޮޅު ކުޅުންތެރިން ގިނަ އަދަދަކަށް ކުޅުނު ޓީމެކެވެ. ރޮނާލްޑޯ ނަޒާރިއޯ އާއި ރޮމާރިއޯ އާއި ރޮނާލްޑީނިއޯ އާއި ރިވާލްޑޯ އާއި ނޭމާ ވެސް ބާސެލޯނާ އަށް ކުޅުނެވެ. އެކަމަކު މިއިން އެއްވެސް ކުޅުންތެރިއަކަށް ކެޕްޓަން ބޭންޑާ ހަމައަށް ދަތުރު ނުކުރެވުނެވެ.

HajjCop_ads
Advertisement

ކޯޗު ހަންސީ ފްލިކް ބުނީ ފާއިތިވެދިޔަ ދެ ސީޒަނުގައި އޭނާ ހުރީ ބާސެލޯނާގައި ކަމުން ޓީމާއި ކުޅުންތެރިން ވެސް އެނގޭ ކަމަށާއި މިވަގުތު ޓީމު ލީޑް ކުރަން އެންމެ ރަނގަޅު މީހަކީ ރަފީނިއާ ކަމަށެވެ.

ފަސް ކުޅުންތެރިންގެ ތެރެއިން އަހަރެން ނިންމީ ދެ ކުޅުންތެރިން. އެއީ ރަފީނިއާ އާއި ޕެޑްރީ. އަނެއް ތިން ކުޅުންތެރިން ހޮވީ ކުޅުންތެރިން.

ބާސެލޯނާގެ ކޯޗު ބުންޏެވެ.

ޓީމުގެ ކެޕްޓަން ހޮވުމުގައި އޭނާ ވަރަށް ގިނަ ކަންކަމަށް ބެލި ކަމަށާއު ރަފީނިއާ އަކީ ނުފޫޒުގަދަ ކުޅުންތެރިއެއް ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

އަރިމަތިން ކުޅޭ ރަފީނިއާ މި ސީޒަނުގައި ބާސެލޯނާގައި އަދާ ކުރަނީ ފޯވަޑެއްގެ ރޯލެވެ. ޓީމުގައި ރަސްމީ ފޯވަޑުން މަދުވުމުން އެ މަގާމަށް ރަފީނިއާ ލައްވައި ކުޅުވަނީ އޭނާ އަކީ ވަރަށް ގިނަ ހުނަރު ލިބިފައިވާ ކުޅުންތެރިއަކަށްވާތީ ކަމަށް ވެސް ފްލިކް ބުންޏެވެ.

 

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MGA8006

ފަހަތުން އަރައި ބާސެލޯނާއިން ގަލަތަސަރާއީ ބަލިކޮށްފި

Images

ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ މޮޅުވެ ފަރަޤު ދަމަހައްޓައިފި

Images (20)

ޔުއެފާއިން ބާސެލޯނާގެ ތަށިތައް އަތުލަން ރެއާލުން ހުށައަޅައިފި

Images (3)

ރަފީނިއާގެ ހެޓްރިކާއެކު ބާސެލޯނާއިން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި