ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭން ބޭރުން މަތީ ތަޢުލީމަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމަށް “އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ 2026” ފަށައިފިއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 4 އަދި 5 ގައި މީރުމާގައެވެ.

“އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ 2026″ގައި މެލޭޝިޔާގެ 11 ޔުނިވަރސިޓީއެއްގެ އިތުރުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީއަކުން ބައިވެރިވެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 4 އިން ރޭގަނޑު 9އަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުވެސްޓްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ އާމިނަތު ހިދާޔަތު ވިދާޅުވީ، މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތުވެސް ލިބޭނެ ކަމަށެވެ.

HajjCop_ads
Advertisement

“އެޑިއުވެސްޓަކީ ރާއްޖެއިން ބޭރަށް ކުދިން ކިޔަވަންދާން އެހީތެރިވާ ކުންފުންޏެއް. އަޅުގަނޑުމެންގެ މައިގަނޑު މަޤުސަދަކީ ކުދިން ބޭރަށް ފޮނުވުމުގެ އިތުރުން ކެރިއަރ ގައިޑެންސް ކައުންސިލިން ދިނުން. މިފަހަރު މި އެކްސްޕޯގެ ތެރެއިން ކޮންފަރމް ކުރާ ކޮންމެ ކުއްޖަކަށް ފްރީ ޓިކެޓެއް އެބަދެން. އަދި ހުރިހާ ޑޮކިއުމެންޓެއް ހިފައިގެން އަންނަ ކުދިންނަށް ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެ.” ހިދާޔަތު

އެޑިއުވެސްޓްއިން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެކްސްޕޯ ބާއްވަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތުތައްވެސް ދަނީ ދެމުންނެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކްސްޕޯ ބާއްވަމުން އަންނައިރު މިމަހުގެ ދެވަނަ ދުވަހު އެޑިއުވެސްޓުންވަނީ ކުޅުދުއްފުށި ސިޓީގައި މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

university

އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕަށް ހުޅުވާލައިފި

darivarun

އަންނަ އަހަރު ދަރިވަރުންގެ ބަންދު ދުވަސްތައް އެއްކޮށްލުމުން ގާތްގަނޑަކަށް 3 މަސް ލިބޭނެ

darivarun school

ދިރާސީ އައު އަހަރުގެ ކިޔެވުން ޖެނުއަރީ 17ގައި ފަށާގޮތަށް ވަގުތީ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

ޔުނިވަރސިޓީއެއްގެ ދަރަޖައަށް ބަދަލުކުރުމުގެ އުސޫލު އަލުން އެކުލަވާލައިފި