ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

Pol 1536x922
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މިގޮތުން، އަޕަރ ސައުތު ޕޮލިހުގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އަޒުހަދު ނަސީމް (29އ) – ފިޔާތޮށިވިލާ / ގއ. މާމެންދޫ އާއި، ރިޝްފާން ރާމިޒު (29އ) – ރޯޝަނީގެ / ގއ. މާމެންދޫ އެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ދެ މީހުންނަކީވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.

HajjCop_ads
Advertisement

ބަލައިފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި ޖުމްލަ 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި އޮޕަރޭޝަނުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިހާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން

police

ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި